އެމްޕީއެލް: ފޮޓޯ- ސަން އޮންލައިން

ކޮންޓެއިނަރެއްގެ މަތިން ވެއްޓި އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެ

ކޮންޓެއިނަރެއްގެ މަތިން ވެއްޓި އެމްޕީއެލްގެ މުވައްޒިފަކަށް އަނިޔާވެއްޖެ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ރޭ 9:30 ހާއިރު ކަމަށެވެ. ވެއްޓި އަނިޔާވި މުވައްޒަފު ކޮންޓެއިނާ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ވެއްޓިިި ކަނާއަތު އޮޅަނބޮށި ވަނީ ނެއްޓިިފައިވާ ކަމަށް އެމްޕީއެލް އިން ވަނީ މައުލޫމާތު ދީފައެވެ.

އޭނާ ވެއްޓިފައި ވަނީ ދިހަ ވަރަކަށް  ފޫޓު މަތިންނެވެ. އޭނާއަށް ރޭން ފެށިގެން އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި ހާދިސާ ހިނގިއިރު އެ މުވައްޒަފު މަސައްކަތް ކުރަމުން ދިޔައީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް ( ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަ ކޮށްގެން ކަމަށެވެ.

މީގެ ހަފްތާއެއް ކުރިން ވެސް އެމްޕީއެލްގައި ކޮންޓޭނާތަކެއް މަތިން މުވައްޒަފަކު ވެއްޓި އަނިޔާވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ