އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ އެކުގައި ފެނިގެންދާ ފިލްމް "ޗެހެރޭ" ރިލީޒްކުރާ ދުވަސް އެންމެފަހުން ހާމަކޮށްފިއެވެ.
ގިނަ ދުވަސްތަކެއްގެ ލަސްވުމަށްފަހު، މި ފިލްމް ތިއޭޓާ ތަކުގައި ރިލިޒްކުރާ ދުވަހަކީ އޯގަސްޓް މަހު 27 ގައި ކަން ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ. މި ފިލްމަކީ ބޮލީވުޑްގެ ލެގެންޑަރީ އެކްޓަރ އަމީތާބާއެކު، އިމްރާން ހާޝިމީ އެކުގައި ފެނިގެންދާ ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ.
އަމީތާބު ވަކީލެއްގެ ރޯލުން މި ފިލްމުން ފެނިގެންދާއިރު މި ފިލްމަކީ މިސްޓްރީ ތްރިލާއެކެވެ. އިމްރާން ހާޝިމީ ފިލްމްގައި ފެނިގެންދާނީ ވަރުގަދަ އަދި މުއްސަނދި ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. މި ފިލްމްގައި ފެނިގެންދާ އިތުރު ތަރިންނަކީ، ބަތަލާ ކްރިސްޓަ ޑި ސޫޒާ، ޗަކްރަބޯޓީގެ އިތުރުން، ސިދާންތު ކަޕޫރު، އަދި އައްނޫ ކަޕޫރް އެވެ.
މި ފިލްމްގެ ޓްރެއިލާވެސް މިހާރު ރިލީޒްކޮށްފައިވާއިރު، މި ފިލްމްގެ ތިއޭޓަރ ތަކުގައި އެޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ފިލްމްގެ ޕްރޮޑިއުސަރ އަނާންދް ޕަންޑިދު ވަނީ ބުނެފައެވެ. އިންޑިއާގެ ކޮވިޑް ހާލަތާއި ގުޅިގެން ގިނަ ފިލްމްތައް މިހާރު ރިލީޒްކުރަލީ އޮންލައިން ޕްލެޓް ފޯމުތަކުގައެވެ. ނަމަވެސް ބައެއް ފިލްމްތައް މިހާރު އަންނަނީ ތިއޭޓާ ތަކުގައި ރިލީޒްކުރަމުންނެވެ.




