ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ވެރިރަށް ކާބިލް ހިފާ، އެގައުމުގެ ފުރިހަމަ ކޮންޓްރޯޅު ތާލިބާން ޖަމާއަތުގެ އަށްދަށަށް ގެނައުމާއެކު ކާބުލްގައި ދިރިއުޅޭ އެތައް މީހުނެއް ވަނީ އެ ގައުމު ދޫކޮށް ދިއުމަށް މަސައްކަތް ކޮށްފައެވެ.
ތާލިބާނުން އިއްޔެ އަފްގާންގެ ވެރިރަށް އެމީހުންގެ ބާރުގެ ދަށަށް ގެނައިރު، ގައުމުގެ ރައީސް އަޝްރަފް ގާނީ ވަނީ ވެރިކަމުގެ ބާރުތައް އެ ޖަމާއަތާއި ހަވާލުކުރުމަށް މަޝްވަރާތަކެއް ކުރަމަށްފަހު، ގައުމު ދޫކޮށް ފިލައިފައެވެ. އަދި ގިނަބަޔަކު އިއްޔެ އާއި މިއަދު ކާރު ތަކުގައި ކާބުލްގެ އެއާޕޯޓަށް ދާން މަސައްކަތް ކުރި އިރު މަގުމަތިވެސް އޮތީ ތޮއްޖެހިފައެވެ. އަދި ކާބުލްގެ މައި އެއާޕޯޓުވެސް އޮތީ މީހުންނާއެކު ތޮއްޖެހިފައެވެ.
މިއަދު މީސްމީޑީއާގައި އާންމުވެފައިވާ ވީޑިއޯ އާއި ފޮޓޯތަކުން އެ ގައުމުގެ ހާލަތު ސިފަކޮށްލެވޭއިރު، ކާބުލްގެ މައި އެއާޕޯޓުން ޔޫއެސްގެ މިލިޓަރީ ބޯޓެއް ނައްޓާލާ ވަގުތުން ބޯޓުގެ ފިޔަގަނޑުގައާއި ފުރޮޅުގައި މީހުން އެލިގަނެގެން ހުންނަ މަންޒަރު ފެނިގެންދާއިރު، އެ އެއާޕޯޓުގައި މީހުން ތޮއްޖެހިފައި އޮތް މިންވަރު ފެނިގެންދެއެވެ. އަދި ބޯޓު ނައްޓާލާ ވައިގެ ތެރެއަށް އުދުއްސާލާ ވަގުތު ބޯޓުގެ ފިޔަގަނޑުން ދެމީހަކު ވެއްޓޭ މަންޒަރުވެސް ފެނިގެންދެއެވެ.
Video: People run on tarmac of Kabul international airport as a US military aircraft attempts to take off. pic.twitter.com/9qA36HS0WQ
— TOLOnews (@TOLOnews) August 16, 2021
މި ހާދިސާ ހިނގާފައި ވަނީ ތާލިބާނުން ކާބުލްއަށް އެރުމާއެކު ގައުމުން ފުރައިގެން ދިއުމަށް އެތައް ބަޔަކު އެއާޕޯޓަށް އެއްވުމާއި ގުޅިގެންނެވެ. ގިނަ ބަޔަކު މަސައްކަތް ކުރީ ބޯޓުގައި އެލިގަނެގެން ނަމަވެސް ގައުމުން ބޭރުވެވޭތޯއެވެ.
????????????????https://t.co/ud24zE5gKI
— i.W.A.N. (@iwaneijs) August 16, 2021



