އަފްގާނިސްތާން އޮތީ ސީރިއަސް ހާލަތެއްގައި: ރައީސް

ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގެ މައި ސިޓީތައް އެމީހުންގެ ބާރުގެ ދަށަށް ގެންނަމުންދާއިރު، އެ ގައުމު އޮތީ ނުރައްކާތެރި އަދި ސީރިއަސް ހާލަތެއްގައި ކަމަށް އެ ގައުމުގެ ރައީސް އަޝްރަފް ގާނީ ވިދާޅުވެއްޖެއެވެ.

ތާލިބާން ޖަމާއަތުން އެ ގައުމުގައި ހަނގުރާމަ ފަށާ އެކި ޕްރޮވިސްތަކުގެ ސިޓީތައް ކޮންޓޯރުލުކުރުމުގެ ބޮޑު މިލިޓަރީ ކެމްޕެއިން ފެށިފަހުން، މިއީ އަފްގާނިސްތާނުގެ ރައީސް އެކަމާއި ގުޅިގެން ގައުމާއި މުހާތަބު ކުރައްވާ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ތާލިބާން އިން މިހާރު ވަނީ އަފްގާންގެ ފުރިހަމަ ކޮންޓްރޯޅު އަނެއްކާވެސް އެމީހުންގެ އަށްދަށަށް ގެނައުމާއި ދިމާލަށް މިސްރާބު ޖަހައިފައެވެ. އެގޮތުން މިހާރު އެގައުމުގައި ތާލިބާނުންގެ އަތްދަށުގައި ނެތް ހަމައެކަނި މައި ސިޓީއަކީ ވެރިރަށް ކާބުލްއެވެ. އެ ޖަމާއަތުން މިހާރު ވަނީ އެގައުމުގެ 34 ޕްރިވިސްގެ ދެބައިކުޅަ އެއްބައި ވެރިރަށް އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައެވެ.

މިއަދު އެ ޖަމާއަތުން ވަނީ އަފްގާނިސްތާނުގެ ހުޅަނގަށް އޮންނަ މައި ސިޓީއެއްކަމުގައިވާ ޖަލާލްއާބާދް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ޖަމާއަތުން ޖަލާލްއާބާދް ހިފީ އެއްވެސް ހަނގުރާމައަކާ ނުލައެވެ.

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ވިދާޅުވީ، އެގައުމުގެ ސެކިއުރިޓީ އާއި ޑިފެންސް އިތުރުަށް ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. ނަމަވެސް ތާލިބާނުން ހަނގުރާމައިގައި އެހާ ބާރު ސްޕީޑެއްގައި ހޯދަމުންދާ ކުރިއެރުންތަކާއެކު ގިނަ ބަޔަކު އަންނަނީ އެގައުމުގެ ރައީސް އަށް ފާޑުކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ