ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ ފެލްޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމުގައި ފެލްޓްތައް ލިބުނު ފަރާތްތައް އަމަލުކުރަންޖެހޭނެ އުސޫލު ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފިއެވެ.
އެޗްޑީސީން އިއްޔެ ވަނީ ހިޔާ ފްލެޓް ތަކާއި ހަމައަށް ފޭސް ދެއެއް ހުޅުވާލާ ފިނިޝިން މަސައްކަތް ކުރައްވަން ބޭނުންވާ ފަރާތްތަަކަށް އެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ފްލެޓްތަކުގައި މަސައްކަތް ކުރެވޭނެހެން އިއްޔެ އިން ފެށިގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭންވެސް އެޗްޑީސީން ވަނީ ފަށައިފައެވެ.
ފިނިޝިންގެ މަސައްކަތް ކުރުމުގެ ފްލެޓް ލިބުނު ފަރާތްތަކުން އަމަލުކުރުމަށް ގެންދިއުމަށް ހަދައިފައިވާ އުސޫލުގައި ބުނެފައިވަނީ، އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗަރއަށް އެއްވެސް އުނިކަމެއް އަންނަފަދަ ބަދަލެއް ގެނައުމަކީ މަނާކަމެއް ކަމަށެވެ. އޭގެތެރޭގައި، ކޮންކުރިޓް ފާރުތަކާއި، ބެރި، ތަނބު، އަދި ކޮންކްރީޓް ޝީޓް ހިމެނެއެވެ.
އެޗްޑީސީގެ ހުއްދައާ ނުލާ ފުލެޓަށް އެއްވެސް ބަދަލެއް ގެނައުމަށްފަހު އެ ބަދަލުގެ ސަބަބުން ފުލެޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭނީ ފްލެޓްގެ ވެރިފަރާތުން ކަމަށްވެސް ބުނެފައިވެ އެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވަނީ 25 ބުރީގެ 16 އިމާރާތުގެ ގޮތުގައި 6720 ފުލެޓެވެ. މި ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ކުރަމުންގެންދަންވާނީ މި އުސޫލާއި އެއްގޮތައް ކަމަށ އެޗްޑީސީން ވިދާޅުވިއެވެ.
މި އުސޫލުގެ ބޭނުމަކީ ފުލެޓު ލިބިފައިވާ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ފުލެޓުގެ ފިނިޝިންގ މަސައްކަތްތައް ކުރެވި ވީ އެންމެ ކުރު މުއްދަތެއްގެ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމުމުގެ ފުރުޞަތު ދިނުން ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރިއެވެ.
ހިޔާ 7000 މަޝްރޫޢުގެ ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު: https://hdc.com.mv/app/files//2021/08/Modification-Guideline-FINAL-published.pdf



