ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު އެމީހުންގެ ދޮށީ ދަރިފުޅު ތައިމޫރާއި، ދާދިފަހަކުން ލިބުނު ހަގު ދަރިފުޅު ޖެހް އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.
ކަރީނާ އާއި ސައިފްގެ ދޮށީ ދަރިފުޅު ތައިމޫރް އަލީ ހާން އަކީ މިހާރު އެންމެންގެ މެދުގައިވެސް ވަރަށް މަޤުބޫލު ކުއްޖެކެވެ. އޭނާގެ އެތައް ފޮޓޯއެއް މީސްމީޑިއާގައި ދައުރުވާއިރުވެސް، މި ދެމަފިރިންގެ ހަގު ދަރިފުޅު ޖެހްގެ މޫނު އެއްކޮށް ފެންނަ ފުރިހަމަ ފޮޓޯއެއް އަދި ހާމައެއްނުކުރެއެވެ. ދޮށީ ދަރިފުޅު ތައިމޫރް ލިބުނު ފުރަތަމަ ދުވަސްކޮޅުވެސް ކަރީނާ އާއި ސައިފް އުޅުނީ މީސްމީޑިއާއަށް އޭނާ ފޮރުވައިގެންނެވެ.
ނަމަވެސް މިދިިޔަ އާދިއްތަ ދުވަހު މި އާއިލާ މުމްބާއީގެ އެއާޕޯޓަކުން ޕަޕާރާޒީންނަށް ފެނިފައިވާއިރު، ތައުމޫރުގެ ކުރީގެ ނޭނީއެއް ޖެހް އުރާލައިގެން އިން ފޮޓޯއެއް ކަމަށް ބުނެ މީހަކު ވަނީ މީސްމީޑިއާގައި ވައިރަލް ކޮށްފައެވެ.
މި ފޮޓޯއިން ޖެހްގެ މޫނު އެއްކޮށް ފެނިގެންދާއިރު، އެ ފޮޓޯ ހިއްސާކުރި މީހާ ބުނީ، މިއީ ޕްރައިވެޓް ފްލައިޓެއްގައި ކަރީނާ އާއި ސައިފް އެމީހުންގެ ދަރިންނާއެކު ރާއްޖެއިން އެނބުރި އައި ދުވަހު ނަގައިފައިވާ ފޮޓޯއެއް ކަމަށެވެ.
މި ފޮޓޯއިން ޖެހްގެ މޫނު އެއްކޮށް ފެނެއެވެ. ނަމަވެސް ކަރީނާ އާއި ސައިފް ހިއްސާކުރާ ޖެހްގެ އެއްވެސް ފޮޓޯއެއްގެ މީގެ ކުރިން އޭނަގެ މޫނު އެއްކޮށް ފެންނަގޮތަށް ފޮޓޯ ނުލައެވެ. އެހެންކަމުން ފޭނުން އަންނަނީ މި ފޮޓޯ މީސްމީޑިއާގައި ވައިރަލް ކުރަމުންނެވެ.
ކަރީނާ އާއި ސައިފް އެމީހުންގެ ދެ ދަރިންނާއެކު ރާއްޖެއައީ ސައިފްގެ އުފަންދުވަސް ފާހަގަކުރުމަށެވެ.





ހިޔާލު
ކީއްވެބާ މީހުން މި ވަރަކަށް މިމީހުންގެ ފަހަތުން ދުވެ މިހާ މިމީހުން ބޮޑު ކުރަނީ. ކީއްވާނީ ފެނުނަސް ފެންނަ ކަމަށް ނުހަދަ ހަމަ އެހެން އިންސާނުންނަށް ޓްރީޓް ކުރާހެން ނުކުރަންވީ. ގައިމު އަހަރެންނާ އެއްލިފްޓަކަށް އެރިޔަސް އަހަރެން ނުހަދާނަން ފެންނަކަމަށް ވެސް