ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުންދާ އާ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިންމައި ހިޔާކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މިއަދު ވިދާޅުވީ، ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމި، ހިޔާ ކޮށް ނިމިފައިވާ ކަމަށާއި، ދެން ކުރިއަށް އޮތީ ފްލޯ ސްލެބް އެޅުމުގެ މަސައްކަތް ކަމަށެވެ.
Infrastructure development updates @VelanaAirport
— MACL (@MACLmedia) June 17, 2019
New Cargo Terminal taking shape;
structure completed, roofing installed, floor slabs to be casted#VIAdevelopment pic.twitter.com/6xAC7KproW
އާ ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ ވީއައިއޭގައި ތަރައްގީކުރި އާ ރަންވޭގެ މަސައްކަތްވެސް ކުރި، ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫއސީޖީ)ންނެވެ.
އެމްއޭސީއެލް އިން މީގެ ކުރިން ވިދާޅުވެފައިވަނީ، އާ ކާގޯ ޓާމިނަލް އާ އެކު އަހަރަކު 120،000 ޓަނުގެ އެއާ ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއު ނިމުމުން ޤައުމުގެ އިޤްތީޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.



