4 މުވައްޒަފުން ވަކިކުރީ އަޚްލާޤު ދަށްވެ, މަސައްކަތަށް ޤާބިލް ނުވީމަ - ފެނަކަ

ފެނަކައިގެ މަޝްރޫޢެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތް ކުރަމުންދިޔަ 4 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ އެމީހުންގެ މަސައްކަތުގެ އަޚުލާޤާއި ކުރަން ހަވާލުކުރާ މަސައްކަތަށް ޤާބިލު ނޫންކަމަށް ފެންނާތީކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިން މިހެން ވިދާޅުވެފައިމިވަނީ، ސަރުކާރާއި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ގދ އަތޮޅަށް ކުރާ ދަތުރުގެ ތެރެއިން އެ އަތޮޅު ފަރެސްމާތޮޑާއަށް  ކުރި ދަތުރުގައި އެރަށު ފެނަކައިގެ މުވައްޒަފުންތަކެއް  ޕީޕީއެމްގެ ނާއިބު ރައީސް/ނަައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އާއި ސަލާމްކުރުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޝިޔާމް ތުހުމަތުކުރެއްވުމާއި ގުޅިގެންނެވެ.

ނަމަވެސް ފެނަކައިން ވިދާޅުވީ، ސިޔާސީ އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވާ ކަމަށެވެ. އަދި 4 މުވައްޒަފުން ވަކިކޮށްފައިވަނީ އަޚްލާޤު ދަށްވެ, މަސައްކަތަށް ޤާބިލް ނޫންވީމާ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ދަތުރުގައި ގދ. ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު އެރަށު ބަނދަރު ސަރަހައްދުން، ސަލާންކުރި ކަމަށްޓަކައި އެރަށުގެ ފެނަކައިގެ ގިނަ ޒުވާނުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.

"ގދ. އަށް ކުރަމުންދާ ދަތުރުގައި ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު ބަނދަރުން ސަލާންކޮށްލި ކަމަށްޓަކައި އަޅުގަނޑުގެ އަހު، ނަދީމް އާއެކު އެތައް ޒުވާނުންނެއް ވަނީ ފެނަކައިގެ ވަޒީފާއިން ވަކިކޮށްފައި" ޝިޔާމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ