މާލޭގެ މަގެއްގައި ޕާކު ކޮށްފައިހުރި ސައިކަލެއް ވަގަށް ނެގި މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ، އެމީހަކީ ޖުލައި 31 ވަނަ ދުވަހުގެ ވަގުތެއްގައި ގުލްހަޒާރުގޯޅީގައި ޕާކްކޮށްފައިހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.
އެހެންކަމުން އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 485623 އެވެ.




