ފްލައިޓް ހައިޖެކް ކުރާނެކަމުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މޯލްޑިވިއަން ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް އިންޒާރުދިން މައްސަލައިގެ ތުހުމަތު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިއަދުކަމަށެވެ.

ހައިޖެކް ކުރާނެކަމުގެ އިންޒާރު ދީފައިވަނީ ރޭ 20:55 ގައި ފުވައްމުލަކުން މާލެއަށް ދަތުރުކުރުމަށް ފުރުމަށް ޝެޑިއުލް ކުރެވުނު މޯލްޑިވިއަންގެ ފްލައިޓަށެވެ.

އޮންލައިން ނޫސް "ފުވައްމުލައް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އިންޒާރު ދީފައިވަނީ އެއާޕޯޓަށް މުދާ ކާގޯކުރަން ދިޔަ މީހެކެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އެނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުދާ ކާގޯ ކުރަންދިއަ ފަރާތުން އޭވިއޭޝަން ސެކިއުރިޓީ ކައިރީގައި، ފުލައިޓް ހައިޖެކް ކުރާނެކަމަށް ބުނުމުން، އެފަދަ ނުރައްކާތެރި ވާހަކަ ނުދެއްކުމަށް ސެކިއުރިޓީން ނަސޭހަތްތެރިވި ނަމަވެސް، އެމީހާ ވަނީ ހައިޖެކު ކުރާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ