ފޮޓޯ: އާއިލާ

ޒުވާނާގެ ކަރަށް ވަޅީ ހެރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

މިދިޔަ ބުދަ ދުވަހު ރޯޝަނީ ބިލްޑިން ކައިރީގައި ޒުވާނެއްގެ ކަރަށް ވަޅި ހެރި މައްސަލައިގައި މީހާކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޒުވާނާއަށް ހަމަލާދިނީ ބުދަ ދުވަހު ހެނދުނު އޭނާގެ ލޯބިވެރިޔާއާއެކު އޭޓީއެމްއަށް ދަނިކޮށެވެ.  އޭނާގެ ކަރަށް ވަޅި ޖަހައިފައި ފިލައިގެން ދިޔައީ ތިން މީހުންގެ ގުރޫޕަކުންނެވެ.

ލިބުނު ޒަހަމްތަކާއެކު އެ ދުވަހު އެ ޒުވާނާ އޭޑިކޭއަށް ދިޔައީ އަމިއްލައަށް ސައިކަލުގައި ދުއްވާފައެވެ. އަދި ދެވުމާއެކު އެ ޒުވާނާ ހަބަރު ހުސްވެގެން ވެއްޓުނެވެ.

ކަރުގެ އަރިމަތިން އެންމެ އެތެރެއަށް ވާގޮތަށް އެޒުވާނާއަށް ވަޅިން ހަމަލާ ދީފައި ހުރިއިރު، އޭގެ ސަބަބުން ނޭވާ ހޮޅިވެސް ފޫއެޅި، ކަރުގެ ވާއަތް ފަޅިން ހުރި ނާރުތައް ވެސް ބުރިވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެ ޒުވާނާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. އެ ޒުވާނާގެ ހާލު ސީރިއަސްވި ނަމަވެސް، މިހާރު ޒުވާނާ ހޭއަރައިފިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ