ޒުވާނެއްގެ ގައިގައި ކޮޅުފައިން ތަޅާ އަނިޔާ ކުރި މައްސަލައެއް!

މާލޭ ގެއެއްގެ ކޮޓަރިތެރޭގައި ޒުވާނެއްގެ ގައިގައި ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑީއޯއެއް އާންމުވެއްޖެއެވެ.

މި ވީޑިއޯގައި ފެނިގެންދަނީ، ތިން ފިރިހެނަކު ވެގެން ޒުވާން ފިރިހެނެއްގެ ގައިގައި ވަރަށް ގަދަޔަށް ތަޅާ އަނިޔާކުރާ މަންޒަރެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ވީޑިއޯއިން ފެނިގެންދާ މަންޒަރުތަކަށް ބަލާއިރު، ތިން ފިރިހެނުން ވެގެން އެ ޒުވާނާގެ ބުރަކަށީގައާއި މޫނުމަތީ ކޮޅު ފައިން ތަޅާ އަނިޔާކުރާ މަންޒަރު ފެނިގެންދެއެވެ. އަދި އެ ތަނުން އެކަކު އެ ޒުވާނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ގަދަޔަށް ތަޅުވާ މަންޒަރުވެސް ފެނިގެންދެއެވެ.

އެ ވީޑިއޯއިން ހަޑިހުތުރު ބަހުން ވާކަހަ ދައްކާ އަޑުއިވިގެންދާއިރު، އަނިޔާ ކުރި ޒުވާނާއަށް ތަކުރާރުކޮށް އިންޒާރު ދޭ އަޑުވެސް އިވެއެވެ.

ޒުވާނާއަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ މި ވީޑިއޯ ކޮށްފައި ވަނީވެސް އެތަނުން މީހެކެވެ. މި ވީޑިއޯ ލީކުވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ