ފޮޓޯ: ރައީސް އޮފީސް

ބައެއް މުވައްޒަފުންނަށް އޮޅިގެން 70،000 ރުފިޔާ ޖަމާކޮށް، އަނެއްބައި މުވައްޒަފުންނަށް މުސާރަ މަދުން!

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އޮޅިގެން ބޮޑު އަދަދެއް މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްފިއެވެ.

އެގޮތުން ބައެއް މުވައްޒަފުންގެ މުސާރައަށް 70000 ރުފިޔާވެސް އޮޅިވެގެން ޖަމާކޮށްފައިވާއިރު، ބައެއް މުވައްޒަފުންނަށް މަދުން މުސާރަ ޖަމާކުރި ކަމަުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 60000 އާއި 70000 ހާ ދެމެދުގެ އަދަދެއް ޖަމާކޮށްފައިވާއިރު، ބައެއް މުވައްޒަފުންނަށް 6000 ރުފިޔާ އަދި 7000 ރުފިޔާ ވެސް މަދުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކުރުމަކީ ފިނޭންސް މިނިސްޓްރީން ކުރާ މަސައްކަތެކެވެ. އޮޅިގެން ބައެއް މުވައްޒަފުންގެ މުސާރަ އިތުރަށް އަދި އަނެއްބައި މުވައްޒަފުންގެ މުސާރަ މަދުން ޖަމާކުރެވުނު މައްސަލައިގައި ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ބަހެއްބުނެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ