މުސާރަ ގިނައިން ލިބުނު މީހުން އަތުން ފައިސާ އަނބުރާ ހޯދަނީ

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުން ދޭންޖެހޭ ވަރަށްވުރެ ބޮޑު އަދަދެއް ދެވުމާއެކު އެ ފައިސާ އަނބުރާ ހޮދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ، 1 އޮގަސްޓްމަހުގެ މުސާރަ މުވައްޒަފުންނަށް ޖަމާކުރިއިރު ހެލްތު ސެކްޓަރގައި މަސައްކަތް ކުރާ 1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

އެގޮތުން ބައެއް މުވައްޒަފުންނަށް އިތުރަށް ފައިސާ ޖަމާކުރެވިފައިވާއިރު ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިވަނީ މަދުންކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.. މިކަން މި މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ 31 އޮގަސްޓް 2021 ވަނަ ދުވަހުގެރޭ 7:45 ގައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މިގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުންކަމަށެވެ. އަދި މި މައްސަލަ ފާހަގަ ކުރެވުމާއެކު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައިފައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ, އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފިނޭންސުން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ވދިާޅުވީ، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރަ އާއި ގުޅުންހުރި މަސައްކަތްތައް ރާވާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ