މާލެ ތެރެއިން ޓޯ ކޮށްފައިވާ ވެހިކަލްތަކުން ފުލުހުން ވައްކަން ނުކުރާކަމަށް މޯލިޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ޓޯ ކޮށްފައިވާ ވެހިކަލްތަކުގެ ޑިކީ ހުޅުވައިގެން ފުލުހުން ވައްކަން ކުރަނީކަމަށް ބުނާ ވީޑިއޯއެއް މީސްމީޑިއާއަށް ވަނީ އާއްމުވެފައެވެ.
މި ވީޑިއޯގެ ހަޤީގަތް އޮޅުން ފިލުވައިދެމުން ފުލުހުން ވިދާޅުވީ، ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން ފުލުހުން ޓޯ ކުރާ އުޅަނދު ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް އުޅނަދުގެ ވެރިފަރާތަށް ދެވޭކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އުޅަނދާއި އަވާލުނުވެއްޖެނަމަ އުޅަނދުތައް ނައްތާލުމުގެ ބާރު އެއްގަމު ދަފްތަރުގެ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާކަމަށެވެ.
އެގޮޮތުން އުޅަނދުތައް ނައްތާލުމުގެ ކުރިން އުޅަނދުގައި ހުރީ ކޯއްޗެއްތޯ ފުލުހުން ޗެކް ކުރާ ކަމަށާއި، އަދި މިގޮތަށް ނައްާލާ އުޅަންދުތައް ނައްތާލަނި އެކަމަށް ހެދިފައިވާ އުސޫލުގެ ދަށުންކަމަށް ފުލުހުން ވިދާޅުވިއެވެ.
އެހެންކަމުން އާއްމުވެފައިވާ ވީޑިއޯ ނަގައިފައި އެވަނީ އުޅަނދު ނައްތާލުމުގެ ކުރިން އެ އުޅަނދު ބަލާ ފާސްކުރަމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން އެއީ އުޅަނދުތަކުން ވައްކަން ކުރުން ނޫންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.




ހިޔާލު
ޕާކިން ޒޯންގަ ބައިންދާފަ އިންނަ ސައިކަލު ގެންދިޔުން ނުވޭތަ ވައްކަމަށް.