މަރުވި ފިލިޕީންސް ނަރުހުގެ ފިރިމީހާއާއި އޭނާގެ ދިވެހި ލޯބިވެރިޔާ --

ނަރުހުގެ މަރުގެ މައްސަލައިގައި ދިވެހި ލޯބިވެރިޔާ ހައްޔަރުކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނަގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާ ހައްޔަރުކޮށްފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ މި އަންހެން ނަރުސް މިދިޔަ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ޝައްކު އުފެދި އޭނާގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. އަންހެން ނަރުސްމީހާ ދަންޖެހިފައި ހުރިކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ.

ނަމަވެސް މަރުވި އަންހެން ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ފުލުހުން ބުނީ، އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށާއި އަދި އޭނާ މަރުވެފައިވަނީ މީހެއް ނުވަތަ އެއްޗަކުން ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ.

މި މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ކަންކަން ހުރުމުން ފިރިމީހާއަށް ތުހުމަތުކޮށްފައިވާއިރު، އެ ފިރިހެން މީހާއަކީވެސް ނަރުހެކެވެ. އަދި އޭނާ އުޅެނީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށްވެސް އަޑުފެތުރިފައިވެ އެވެ. އަދި އެ އަންހެން މީހާގެ ފޯނު ހިފަހައްޓާ ފުލުހުން ތަހުގީގެއް ހިންގި ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައިގެ އަޕްޑޭޓެއް ދެމުން ފުލުހުން މިއަދު ބުނީ، ފިލިޕީންސްގެ އަންހެން ނަރުސްގެ މަރުގެ މައްސަލަ އާއި ގުޅިގެން 24 އަހަރުގެ ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ