ގެއްލުނު ކޭޝް ކާޑަކުން ވިޔަފާރި ކުރި ދެމީހަކު ހޯދަނީ

ގެއްލިގެން ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑަކުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އެމީހުން ފޮޓޯ އާއި ވީޑިއޯ އާއްމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއީ 2021 އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

އެހެންކަމުން މިދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ. މިމައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 483699 އެވެ.

ފުލުހުން އާއްމުކުރި މި ދެމީހުން ވީޑިއޯއިން ފެންނަނީ، ދެ ފިރިހެނުން ހެދުން ވިއްކާ ފިހާރައެއްގައި ހަރަކާތްތެރިވާ މަންޒަރެވެ. މި ދެމީހުންވެސް އަޅައިގެންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ