ވައިކަރަދޫ ދާއިރާއަށް އަދާލަތުން ވާދަކުރާ ޘަޤީފް އަދި ޝެއިޚް އިމްރާން - ފޮޓޯ: އޭޕީ

ފަނޑިޔާރުންގެ ދޮގު މައުލޫމާތު ފެތުރުމަކުން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަމުން ނުރެކެވޭނެ: އަދާލަތު

ޝަރުޢީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫންކަމަށް ސަރުކާރުގެ ކޯލިޝަން ޕާޓީ އަދާލަތުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތް ކުށްވެރިކުރާކަމަށް ބުނެ އަދާލަތު ޕާޓީން މިއަދު ވަނީ ނޫސްބަޔާނެއް ނެރިފައެވެ.

އަދާލަތުން ނޫސްބަޔާން ބަޔާން ނެރިފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދާލަތަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހީރު ނުފޫޒު ފޯރުވާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ނަޖީބް އަދި ހައި ކޯޓުގައި އޭރު އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާން ވިދާޅުވެފައި ވަނިކޮށެވެ.

މި ނޫސްބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ، ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް، ސަރުކާރުގެ ނުފޫޒެއް ނެތި ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުޢީ ދާއިރާގެ އަގުވައްޓާލާ، ޢަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް އަދާލަތުން ކުށްވެރިކުރާކަމށެވެ.

ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ ޢަމަލުތަކަކީ އިންސާފުވެރި މުޖުތަމައެއް ބިނާކޮށް ހެޔޮވެރިމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި، އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމުގައިވެސް އަދާލަތުން ބުންޏެވެ.

"..އަދި ދަންނަވަމެވެ. ޝަރުޢީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫނެވެ." ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ޤަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް އަދާލަތު ޕާޓީން ރައްޔިތުންނަށް ގޮވާލައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މޭޱަމް

    ތިމީހުން މީހާރުން މިހާރއް ހައްޔަރު ކުރޭ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ