އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ - ފޮޓޯ: ރައީސް އޮފީސް

ޤުރުއާންގެ އާޔަތްތަކުގައި ކުށް ލިޔެފައި އޮތީ ކުރީގެ ސަރުކާރުން: އެޑިއުކޭޝަން

ގްރޭޑް އެކެއްގެ ޤްރުއާން ފޮތް ފިޔަވާ އެހެން ގްރޭޑްތަކުގެ އިސްލާމް ފޮތުގައާއި އަދި ޤްރުއާން ފޮތުގައި ހިމެނޭ ސޫރަތްތަކުގެ ބައެއް އާޔަތްތަކުގައި ކުށް ލިޔެފައި އޮތީ ކުރީގެ ސަރުކާރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ގްރޭޑް 1، 2، ގެ ޤްރުއާން ފޮތުގައި ލިޔެފައިވާ ސޫރަތުގެ އާޔަތްތަކުގައި ކުށް ލިޔެވިފައިވުމުގެ އިތުރުން، ގްރޭޑް 10 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ލިޔެފައިވާ ސޫރަތްތަކުން ކުށް ފެނިފައިވާ މައްސަލައެއް ވަނި ފެންމަތިވެފައެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މައްސަލަ ސިޔާސީ ކުރައްވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވާތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ގަސްތުގައި މިނިސްޓްރީން ޤްރުއާން ބަދަލުކޮށްފައިވާކަމަށް އިދިކޮޅުން ބުނެފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުގެ މައިގަނޑު އެއް މަޤުސަދަކީ ސައްހަ އިސްލާމްދީން މަތީގައި ދަރިވަރުން ބިނާކުރުން ކަމަށާއި، މިނިސްޓްރީން ގަސްދުގައި ޤްރުއާން ބަދަލުނުކުރާނެ ކަމަށެވެ. އަދި އެގޮތަށް ބަޔަކު ބުނެފިނަމަ އެއީ ސިޔާސީ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"..އަނެއްކާ މިއީ މި ސަރުކާރުން ކުރި ކަމެއް ނޫން." ގްރޭޑް އެކެއްގެ ފޮތް ފިޔަވާ، ޤްރުއާންގެ އާޔަތުން ކުށް ފެނިފައިވާ ފޮތްތަކަކީ ކުރީގެ ސަރުކާރުން ފާސްކޮށްފައިވާ ފޮތްތަކެއްކަމަށް އިޝާރާތްކޮށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވީ، މިއަހަރު ފާސްކޮށް ނެރެފައިވާ ގްރޭޑް އެކެއްގެ ޤްރުއާން ފޮތުން ބޮޑު ކުށެއް ފެނިފައިވާކަމަށެވެ. އަދި މި މައްސަލަ ފާހަގަކުރެވުނު ހިސާބުން، މި ކުށް އިސްލާހުކޮށް އެ ފޮތުގެ އެ ޕޭޖު ބަދަލުކުރުމުގެ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

އޭގެ އިތުރުން، އިތުރު ކުށްތަށް ފާހަގަކުރެވިފައިވާ ގްރޭޑް ދެއެއްގެ އިސްލާމް ފޮތަކީ 2015 ވަނަ އަހަރު ފާސްކޮށްގެން ދަރިވަރުން މިހާތަނަށް އައިއިރުވެސް ބޭނުންކުރަމުން އައި ފޮތެއް ކަމަށް މިނިސްޓްރީން ހާމަކުރިއެވެ. އަދި  އަދި ގްރޭޑް 10 ގެ ފޮތާއި 12 ފޮތުންވެސް ކުށް ފާހަގަކުރެވިފައިވާއިރު، އެއީ 2018 ވަނަ އަހަރުގެ 27 އޮކްޓޯބަރުގައި ފާސްކޮށްފައިވާ ފޮތްތަކެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިއަދު އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު މި ސަރުކާރާއި ހަވާލުވިއިރު، ކަރިކިއުލަމް ރިވިއުއަކަށް ދިއުމަަށް މެނިފެސްޓޯގައި އޮންނާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، 2015 ވަނަ އަހަރު އާ ކަރިކިއުލަމް ތަންފީޒުކުރެވުނު އިރު، ޕައިލެޓެއް ނުކުރެވޭ ކަމަށާއި، ރާސްލާފައި ކީ ސްޓޭޖްތައް ތަންފީޒުކޮށްފައި އޮތުމުގެ ސަބަބުން އޭގެން ނޭދެވޭ ނަތީޖާތަކެއް ނުކުތްކަމަށެވެ. އެގޮތުން ފޮތްތައް ރިވިއު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، އިސްލާމް ފޮތް ކޮށްފައި ވަނީ އިސްލާމިކް ޔުނިވާސިޓީން ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ، ބައެއް ގްރޭޑްތަކުގެ ގުރުއާން އަދި އިސްލާމް ފޮތުގައި ކުށް ލިޔުމުގައި އިހުމާލު ވި ފަރާތްތައް ހޯދުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އިހުމަދު

    ކޮމެއްކަމެ ވާރައް ކުރިީގެ ސަރުކާރު ކަލޭމެން އެމެން ވަގަންވެސް ކުރަނީ ކުރީގެ ސަރުކާރުން ބުނެގެން ކަންތައްތައް ކުރަން ނޭގެޔާ ގޭގަ ހުނަން ވީނުން ދީންނުގައް އޮނަހެން ނޫލޭބަޔެ ކިހެނެ ދެން ރަންކަޅު ވާނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ