މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނަށް މީހުންނަށް ނުވަދެވޭ ގޮތަށް 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަން ފަށައިފިއެވެ.
ޑްރަގް ކެފޭ ހިންގާ ތަންތަނަށް މީހުންނަށް ނުވަދެވޭ ގޮތަށް އެތަންްތާ ޑިއުޓީ ކޮށް، އެކަން ހުއްޓުވުމަށް މިއަދު 07:00 އިން ފެށިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
ފުލުހުން ވިދާޅުވީ، މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ފާހަގަވެފައިވާ ކަމަށާއި، އަދި އެފަދަ ތަންތަގާއި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ގެންދެންދާނެ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކރުާ 25 ތަނެއްގެ ވެރިފަރާތަށް މިހާރު ވާނީ ގާނޫނީ ގޮތުން އިންޒާރުދީފައި ކަމަށެވެ. އަދި އެފަދަ 8 މައްސަލައެއް މިހާރު ވާނީ ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް(ޕީޖީ) ފޮނުވައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭގެ އިތުރުން އިތުރު 4 މައްސަލައެއްގެ ތަހުޤީގު ނިންމާ ޕީޖީ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިފަދަ މައްސަލައެއްގައި ޕީޖީ އިން މިހާރު ވަނީ ވެރިފަރާތަށް ދައުވާ ކުރުމަށް ކޯޓުން ފޮނުވައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ ތަނެއްގެ ވެރިފަރާތަށް ދައުވާކުރަން ފޮނުވާފައިވާކަމަށް ޕިޖީ ހުސެއިން ޝަމީމް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ފޮނުވާފައިވަނީ މ. ބްރައިޓްފްލާވާ ގޭގެ ވެރިމީހާގެ މައްޗަށެވެ.
ޕިޖީ ހުސެއިން ޝަމީމް ވިދާޅުވީ އެ ގޭގެ ވެރި ފަރާތަށް ދައުވާ އުފުލާފައިވަނީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭތީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.





ހިޔާލު
ޑިއުޓީ ނުކޮށް ތިތަންތަން ތަޅާ ބިމާ ހަމަކޮށްލަބަލަ.. އޭރުން ހުންނާނީ ކެފޭ ހިންގިފަ