ހިއުމަން ޓްރެފިކް މައްސަލައެއްގައި ފުލުހަކާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ހިއުމަން ޓްރެފިކް ކުރި މައްސަލައެއްގައި މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރާއި، 65 އަހާއި ދެމެދުގެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ފުލުހަކާއި ބިދޭސީ އަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގު ހިނގަމުން ދާތީ ފުލުސް މީހާ، މިހާރު ހުރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މައްސަލައިގައި ހިމެނޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުުމުން ދެ މީހަކަށް 15 ދުވަސް އަދި ދެންތިބި ދެ މީހުންނަށް 10 ދުވަސް ވަނީ ޖަހާފައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށެވެ.