އަކްޝޭ ކުމާރުގެ މަންމަ މަރުވެއްޖެ

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރުގެ މަންމަ، އަރޫނާ ބާތިޔާ މަރުވެއްޖެއެވެ. މަންމަގެ މަރާއެކު އަކްްޝޭ ހުރީ ފުން ހިތާމައެއްގައެވެ.

އަކްޝޭގެ މަންމަ އަރޫނާ އިއްޔެ މަރުވެފައި ވަނީ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އަރޫނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.

އަކްޝޭ މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު، އޭނާ ހުރީ އޭނާ ހުރީ ފިލްމް "ސިންދްރެއްލާ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގައި އެވެ. ނަމަވެސް މަންމަ ހޮސްޕިޓަލަށް ގެނައުމާއެކު އަކްޝޭ ވަނީ ވަގުތުން މުމްބާއީއަށް ގޮސްފައެވެ.

މަންމަގެ މަރާއެކު އަކްޝޭ އޭނާއަށް ކުރެވުނު އިހްސާސްތައް ބަޔާންކޮށް ކުރި ޓްވީޓެއްގައި ބުނީ އޭނާ އަށް ކުރެވުނީ ހަށިގަނޑުން ބައެއް މަދުވި ކަމުގެ އިހްސާސް ކަމަށެވެ.

އަކްޝޭގެ މަންމަގެ މަރުވެފައިވާއިރު އޭނާ ބައްޕަ ދުނިޔެދޫކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ