ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ކޮންމެ ދުވަހަކު ގެރީގެ ކުޑަކަމުދާ ތަކެތި ބޯ ކަމަށް އޭނާ ބުނެފިއެވެ. އަކްޝޭ ބުނީ، ގެރީގެ ކުޑަ ކަމުދާ ތަކެތި ބޮނީ ލިބޭ ސިއްހީ ފައިދާތަކުގެ ސަބަބުންކަމަށެވެ.
އަކްޝޭ މިހެން ބުނެފައިވަނީ އިންސްޓަގްރާމް ލައިވްއެއްގައި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އެތުގެ ބޮޑުކަމުދާ ތަކެތިން ހަދާފައިވާ ސައި ބޯން ޖެހުމުން އަކްޝޭއަށް ކުރެވުނީ ކޮންކަހަލަ އިހުސާސެއްތޯ ސުވާލުކުރުމުން އަކްޝޭ ބުނީ، އެކަމާއި އޭނާ ހާސްނުވާކަމަށާއި އަދި ހުރީ ވަރަށް އުފާވެސްވެފައިކަމަށެވެ.
އެގޮތުން އަކްޝޭ ބުނީ، ސިއްހީ ފައިދާއަށްޓަކައި އޭނާ ކޮންމެ ދުވަހަކު ގެރީގެ ކުޑަކަމުދާ ތަކެތި ބޯ ކަމަށެވެ.
ކުޑަކަމުދާ ތަކެއްޗަކީ ނަޖިހެއް ކަމުގައިވީނަމަވެސް، އިންޑިއާ މީހުން ޤަބޫލުކުރާ ގޮތުގައި، ބަލިތަކަށް ޝިފާއެކެވެ. މީގެކުރިންވެސް، ގެރީގެ ކުޑަކަމުދާ ތަކެތިން ސިއްހީ ފައިދާތަކެއް އެކުލެވޭ ކަމަށް ބުނެ އިންޑިއާގެ މީހުން އޭތި އެކިކަންކަމުގައި ބޭނުންކުރަމުންނެވެ.



