އަކްޝޭ ކުމާރްގެ އަންހެނުންނަށް ބިސްގަނޑު އަޅަން ނޭނގޭ ކަމަށް ބުނެފި!

ބޮލީވުޑްގެ ފިލްމީ ތަރި އަކްޝޭ ކުމާރް އަދި ލިޔުންތެރިޔާ ޓްވިންކަލް ކާނާ ވަނީ "މޯސްޓް ފިއާސަމް އިންޓަވިއުވާސް - ލިޓްލް ޗިލްޑްރެން" ޝޯގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

މި ޝޯގައި އެ ދެމީހުން ވަނީ ތަފާތު މައުލޫތަކަށް ވާހަކަ ދައްކާފައެވެ. އެގޮތުން ކެއްކުމާއި ސްޓަންޓް ހެދުމާއި އަދި ސްޕަހީރޯއާއި ބެހޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ.

އެގޮތުން އެ އާއިލާގައި އެންމެ މޮޅީ ކޮން ކައްކާއެއްތޯ ކުރި ސުވާލަށް ޖަވާބު ދެމުން އަކްޝެ ބުނެފައިވަނީ އެ އާއިލާގައި އެންމެ މޮޅު ކައްކާ އަކީ އަކްޝޭ ކަމަށާއި ޓްވިންކަލް އަށް އެންމެ ދެރަވެގެން ބިސްގަނޑެއްވެސް އަޅަން ނޭނގޭ ކަމަށެވެ.

ނަމަވެސް ޓްވިންކަލް ބުނެފައިވަނީ އެންމެ މޮޅީ އެމީހުންގެ ދަރި އާރަވް ކަމަށެވެ. އަދި އާރަވް އަށް ކޮންމެ އެއްޗެއް ވެސް ކައްކަން އިނގޭނެ ކަމަށާއި އެގޮތުން ޕިއްޒާވެސް ހަދަން އިނގޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ