މާލޭ، ހެންވޭރުގެ ބައެއް ގެތަކުން މިރޭ ފެނުގެ ހިދުމަތް މެދު ކަނޑާލާނެ ކަމަށް އެމްޑަބްލިއެސްސީ އިން އަންގައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިރޭ ފެން ކަނޑާލަނީ މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅުވުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
އެގޮތުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި މިހާރު އަޅާ ފެންހޮޅި ގުޅުވާލުމަށްޓަކައި މިރޭ 11:00 އިން ފަތިހު 5:00 އަށް އެ މަގުގައި ހިމެނޭ ހުރިހާ ގޭބިސީއަކުން ފެނުގެ ޚިދުމަތް މެދުކަނޑާލާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އެގޮތުން ރޯޝަނީ މަގުގެ ސޯސަން މަގާ ގުޅޭ ސަރަހައްދުން ފެށިގެން ކަސްތޫރިމަގާ ދެމެދުގައިވާ ގެތަކުން ފެން ކެނޑޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ކާނި ގޯޅީގައިވާ ހުރިހާ ގެތަކަކުން ވެސް މިރޭ ފެން ކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.



