އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އަށް މިހާރު ކަނޑައަޅައިފައިވާ މުސާރަ އަންނަ އަހަރުން ފެށިގެން ދެ ގުނައަށް ބޮޑުކުރުމަށް ނިންމާ، މުސާރައިގެ އާ އޮނިގަނޑު ފިނޭންސް މިނިސްޓްރީން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފި އެވެ.
އަންހެނުން ކޮމިޓީތަކުގެ މުސާރަ ބޮޑުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވަފައިވާކަން ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކިނބިދޫ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ރައީސް ސޯލިހުގެ ނިންމެވުމާ އެއްގޮތަށް އަންހެނުންގެ ކޮމިޓީ ތަކުގެ މުސާރަ އާއި އެލަވަންސް އަންނަ އަހަރު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ އެލްޖީއޭ އަށް މިދިޔަ ހަފްތާގައި ފޮނުއްވި ސިޓީއެއްގައި ވަނީ އަންގަވާފަ އެވެ.
މި ސިޓީގައި ވަނީ މުސާރައާއި އެލެވެންސަށް އަންނަ ބަދަލުތަކާއެކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް މުސާރައާއި އެލަވަންސް ދިނުމަށް އެލްޖީއޭއިން ކައުންސިލްތަކަށް އެންގުމަށެވެ. އަދި އެ ފައިސާ ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނުމަށްވެސް އެދިފައިވެއެވެ.
މުސާރައާއި އެލަވަންސް މިހާރު ލިބޭ ގޮތް
ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،000 ރުފިޔާ
ސިޓިން އެލަވަންސް: 250 ރުފިޔާ
ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސްގެ ފިކްސްޑް އެލަވަންސް: 2،500 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ
ސިޓިން އެލަވަންސް: 250 ރުފިޔާ
މުސާރައާއި އެލަވަންސަށް އަންނަ ބަދަލު
ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސްގެ ފިކްސްޑް އެލަވަންސް: 4،000 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 3،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
ސިޓިން އެލަވަންސް: 500 ރުފިޔާ




ހިޔާލު
ޚީއްކުރަންތަ ވަޒީފާ އަދާކުރަނީ އަންހެނުންގެ ކޮމެޓީއަށް ވަންނަންވީ؟؟؟؟؟؟؟ ހެހެހޭ ސަޅިފޯ