ލޯކަލް ގަވަރމެންޓް އޮތޯރެޓީ (އެލްޖީއޭ) އަށް އާމެމްބަރުން އައްޔަން ކުރައްވައިފިއެވެ.
މިގޮތުން ރައީސުލް ޖުމްހޫރިއްޔާ އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކޮށްފައިވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގައިވާ ގޮތުގެ މަތީން މިއަދެވެ.
އެލްޖީއޭގެ ބޯޑަށް ރައީސް މިއަދު އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވަނީ:
1- (ރައީސް) އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހޯމްއެފެއާޒް / ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރ
2. އަލްފާޟިލް މުޙައްމަދު ޝިހާބު އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް / ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
3. އަލްފާޟިލް އަޙްމަދު ސަމީރު / މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް
4. އަލްފާޟިލާ ފާޠިމަތު އަފްޝަން ލަޠީފް / ޗީފް އެގްޒެކެޓިވް އޮފިސަރ
5. އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް
6. އަލްފާޟިލް އަޙްމަދު ޝަރީފް / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް
7. އަލްފާޟިލާ ފާޠިމަތު ނިޢުމާ / މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު
އެލްޖީއޭގެ ބޯޑަށް މެމްބަރުން އަލުން އައްޔަންކޮށްފައި މިވަނީ މިހާރު ތިބި ކައުންސިލިރަުންގެ މުއްދަތު އިތުރުކުރުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއި ފާސްކުރި ޤާނޫނުގެ ދަށުންނެވެ. އާ ކައުންސިލަރުން އައްޔަންކުރަން ދެން މިހާރު ތިބި ކައުންސިލަރުން އަމަލު ކުރަން ޖެހޭނީ އެ ޤާނޫނުގެ ދަށުންނެވެ. އެ ޤާނޫނު ފާސްކުރުމާއި އެކު ކުރިން އޮތް އެލްޖީއޭގެ ބޯޑު ވަނީ އުވިގެންގޮސްފައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވާފައިވަނީ ޖޫން ދެވަނަ ދުވަހުއެވެ.




