ބަރަހަނާ ފިލްމް އުފެއްދި ޝިލްޕާގެ ފިރިމީހާ ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ބަރަހަނާ ފިލްމް އުފައްދެމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝްހޫރު ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ކަފާލާތުގެ ދަށުން ދޫކޮށްލައިިފިއެވެ.

ބަރަހަނާ ފިލްމު ހަދައި އެއިން ވިޔަފާރިކުރި ކަމުގެ ތުހުމަތު ކޮށްފައިވާ ރާޖް ކަފާލާތުގެ ދަށުން ދޫކޮށްލައިފައިވަނީ 50،000 ރުޕީސް އަށެވެ. އޭނާ ދޫކޮށްލައިފައި މިވަނީ ޖަލުގައި ހުންނަތާ ދެމަސް ދުވަސްފަހުންނެވެ.

ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރާ އަކީ އިންޑިއާގެ ނަން މަޝްހޫރު ވިޔަފާރިއެކެވެ. ބަރަހަނާ ފިލްމް އުފައްދެމުގެ ތުހުމަތުގައި ރާޖު ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ. މި މައްސަލައިގައި ރާޖް ކުންދްރާ ހައްޔަރު ކުރުމަށްފަހު، ފުލުހުން ވަނީ ކަފާލާތުގެ ދަށުން ވެސް އޭނާ ޖަލުން މިނިވަން ނުކުރުމަށް ކޯޓުގައި އެދިފައެވެ.

މި މައްސަލައިގައި ރާޖްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިގެން ދިޔައިރު، އޭނާ ވަނީ މި ތުހުމަތު ތަކަށް އިންކާރުކޮށްފައެވެ.

ރާޖް ހައްޔަރުކުރުމުން، ޝިލްޕާ ބުނި ގޮތުގައި، ރާޖް އެދަފަ އަމަލެއް ހިންގާކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި ޝިލްޕާ މިހާރު ބޭނުންވަނީ އޭނަ އާއި ދަރިން ރާޖު އާއި ވަކިން ދުރުގާ އުޅެންކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކުރިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ