ފޮޓޯ: އަވަސް

ހިޔާ ފްލެޓްތަކުން ކުނި ބާލަން ޖެހޭނީ ތިރިއަށް!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓްތަކުގެ އެޕާޓްމެންޓްތަކަށް އަރާ ކުނި ނުނެގޭނެ ކަމަށާއި، ކުނި ބާލަން ޖެހޭނީ ފްލެޓްތަކުގެ އެންމެ ތިރިއަށް ކަމަށް ހައުސިން ޑެވެލެެޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

"ހިޔާ ޔޫނިއަން" އިން ކުލި ކުޑަކޮށްދިނުމަށް ގޮވާލާ ހުށަހެޅި ޕެޓިޝަން އާއި ގުޅޭގޮތުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، 25 ބުރީގެ ފްލެޓްތަކުން ކުނި ނެގޭނެ އެއްވެސް ވަސީލަތެއް ނެތީ ހިޔާ މަޝްރޫއުގެ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން ކަމަށެވެ.

ސުހައިލް ވިދާޅުވީ، އެޗްޑީސީގެ މެނޭޖްމެންޓާއި ހަވާލުވުމަށްފަހު ގެނެވުނު ބަދަލުތަކުގެ ތެރޭގައި  ކޮންމެ ޓަވަރެއްގެ ތިރީގައި ކުނި އަޅާނެ ތަނެއް މިހާރު ހާއްސަކުރެވިފައި ހުންނާނެކަމަށެވެ. ނަމަވެސް ހިޔާގެ ޓަވަރުތައް ޑިޒައިން ކުރިއިރު، ކުނި ފަދަ ބަރު ތަކެތި އުފުލުމަށް ބޭނުންވާ އެއްވެސް ސާވިސް ލިފްޓެއް ހިމަނާފައި ނެތް ކަމަށް ސުހައިލް ފާހަގަކުރެއްވިއެވެ.

ސުހައިލް ވިދާޅުވީ 25 ބުރީގެ ހިޔާ ފްލެޓް އިމާރާތްތަކުގެ ކޮންމެ އަޕާޓްމެންޓެއްގެ ދޮރުމަތިން ކުނި ނެގުމަކީ ވާނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ވެމްކޯ އާއި އެޗްޑީސީން މަޝްވަރާ ކުރުމަށް ފަހު އެންމެ ރަނގަޅު ހައްލަކަށް ފެނުނީ، ގްރައުންޑް ފްލޯ އިން ހުސްކުރާ ޖާގައިގައި ކުނި ނަގާނެ ނިޒާމެއް ގާއިމްކުރުންކަމަށެވެ.

އިއްޔެގެ ޕެޓިޝަން ކޮމިޓީގައި އެޗްޑީސީން ހާމަކުރި ގޮތުގައި 40 އާއިލާއެއް މިހާރުވަނީ ފްލެޓުގައި ދިރިއުޅެން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ