އައްޑޫ ސިޓީ ހިތަދޫގައި ހިނގި މާރާމާރީ---

އައްޑޫ މާރާމާރީ: ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަށް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީ ހިނގައިފައިވަނީ މިދިޔަ ހުކުރު ދުވަހު 12:08 ހާއިރު އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނި 29 އަހަރުގެ ފިރިހެނަކަށެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ސީރިއަސް ޒަހަމްތަކެއް ވެފައެވެ. އަދި ހޮސްޕިޓަލުގައި ވަނީ ފަރުވާވެސް ދީފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ