ހުޅުމާލެ - ފޮޓޯ: ފެށުން

ހުޅުމާލޭގައި ދަރިޔަކު އޭނާގެ މަންމައަށް ވަޅިން ހަމަލާދީފި

ހުޅުމާލޭގައި ފިރެހެނަކު އޭނާގެ މަންމައަށް ވަޅިން ހަމަލާ ދީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓެއްގައި ފިރެހެނަކު ތޫނު އެއްޗެއް ބޭނުން ކޮށްގެން އަންހެނަކަށް ހަމަލާދީފައިވާ ކަމަށެވެ. ހަމަލާ ދީފައިވަނީ އާއިލީ މައްސަލައެއްގައި ދަރިފުޅަކު އޭނާގެ މަންމައަށް ކަމަށެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 6:50 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ހަމަލާ ދެވުނު އަންހެން މީހާގެ އުމުރަކީ 51 އަހަރުކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ވަޅިން ހަމަލާދިނުމުން އަނިޔާ ލިބުނު އަންހެން މީހާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އަންހެން މީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ފުލުހުން އައްނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ