މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު--

ރާއްޖެ ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު: ސައީދު

މިއަދު ދިވެހި ރައްޔިތުން ތަޖްރިބާ ކުރަން ޖެހިފައިވަނީ އަނިޔާގެ ދަތުރު ކަމަށާއި، ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު ކަމަށާއި، މިކަމުގެ އެންމެ ސާފު ހެއްކަކަށް ވާނީ އިންޑިޔާ ކަނޑުގަ ވަރަށް ރީތި ގައުމެއްގައި މުސްލިމުންގެ ގޮތުގައި މިގައުމު އޮއްވާ މިވެރިކަން އައި ހިސާބުން ލާދީނީ ބޮކިތައް ޖަހަން ފަށައިފި ކަމެވެ.

"އެމްޑީއެންގެ ރިޕޯޓުގައި ސީދާ  ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖް ކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައް ބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެބޭފުޅުންނަށް ފިޔަވަޅު އަޅާކަށް. މިއަށްވުރެ ބޮޑު އަނިޔާއެއް އިންސާނިއްޔަތަކަށް ދެވޭނެ ވެރިއަކު ނިކަން ދައްކަބަލަ." ސައީދު ވިދާޅުވިއެވެ.

ދިވެހި ގައުމު މިއަދު މިއޮތީ އަޅުވެތި ކޮށްފައި ކަމަށާއި  ގައުމުގެ  ހުރިހާ ކަމެއް. ރީތި އެތައް ފަޅެއް. ރައްޔިތުންގެ މުހިއްމު އެތައް ބިންތަކެއް އެތައް ސަރަހައްދަކުން، ވައިގެ މިނިވަންކަން، އިގްތިސާދީ މިނިވަންކަން، ސިނާއަތްތަކުގެ މިނިވަންކަން، އަޅުގަނޑުމެންގެ އަތުން ކޮންޓްރޯލް އެހެން ބަޔަކަށް ދޫކޮށްލައިފި ކަމަށް ސައީދު ވިދާޅުވިއެވެ.

5 އަހަރަކުން މިކުޑަ ކުޑަ ދިވެހިރާއްޖެ އެތައް އަހަރެއްގެ ތަރައްގީ ގެނެސްދެއްވި އަދި 5 އަހަރުގެ ކާމިޔާބުވެރިކަމެއް ކުރެއްވި މިހާރުގެ އިދިކޮޅު ލީޑަރު ޖަލަކު  ނުބެހެއްޓޭނެ ކަމަށާއި ރައްޔިތުން ނުކުމެ މިނިވަން ކުރަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. " އިންޑިއާ ބޭނުންވީމަ، ރައީސް ސޯލިހު ބޭނުންވީމަ، ކޯލިޝަންގެ ލީޑަރުން ބޭނުންވީމަ ރައީސް ޔާމީން ޖަލަކު ނުބެހެއްޓޭނެ. ތުހުމަތު ކުރުން ފިޔަވާ ސާބިތު އެންމެ ހެއްކެއް ދައްކަބައްލަވާ ރައީސް ޔާމީން ޖަލުގައި ބެހެއްޓޭނެ."  ސައީދު ވިދާޅުވިއެވެ.

ރައީސްޔާމީންއާ ދޭތެރޭގައި މިސަރުކާރާ ސަރުކާރުގެ ކޯލިޝާންގެ ބައިވެރިން ނުކުރާކަށް ތުހުމަތެއްނެތް ކަމަށާއި  އެކި އެކި ސަރުކާރުތަކަށް ގޮސް ރައީސް ޔާމީނާބެހޭގޮތުން އެކި ދޮގު ވާހަކަތައް ދެއްކީ ހަމަ އެންމެ ބޭނުމެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް ޔާމީން ޖަލަށްލާ މިޕާޓީގެ ހުރިހާ ފައިސާއެއްގައި ތަޅުއެޅުވީ. . ނަތީޖާއަކީ އެމްޑީޕީއަށް 65 ގޮނޑި ވެދުމަށް ލާފައި ބޭރުގެ ގައުމަކާ މިސަރުކާރު ގެނައި މީހުންވެގެން ދިނީ ނޫންތޯ؟ އޭގެ ނަތީޖާ ނޫންތޯ މިއަދު ގައުމުން ބެލެންސް ގެއްލިގެން މިއުޅެނީ. ގާނޫނުހަދާ މަޖިލީހާއި ޖޭއެސްސީއާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތަފްސީލަކަށް ދާކަށްނެތިން. ދިވެހިރާއްޖޭގައި ހުރި ފައިސާއާއި ވަގަށް އެނަގާ ފައިސާއާއި ދިވެހިރާއްޖެ ތަރައްގީ އަޑިއަށްތޯދަނީ މައްޗަށްތޯ ދަނީ މިވާހަކަތަވެސް ދައްކާކަށް ނެތިން. ވަގަށްނެގީ ހަމައެކަނި ވެރިކަމެއްނޫން. ދިވެހިރާއްޖޭގެ ބެލެންސްވެސް ވަގަށް ނެގީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ޚިލާފު ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އިންޑިޔާގެ މިލިޓަރީ ބޭސްއެއް ހަދަން އެތަން ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނެޝަނަލް ޑިފެންސް ފޯސްއަކީ ދިވެހިރާއްޖެ ވަށާއިގެން ބަޑި ހިފައިގެން ހަމައެކަނި ތިބެންޖެހޭ ބައެއް ނޫން ކަމަށާއި ނެޝަނަލް ޑިފެންސްއަކީ  ރާއްޖޭގެ ކުރިމަގަށް އަންނަ މިކަހަލަ ފިކުރީ ޗެލެނެޖްތަކުގައިވެސް ސާބިތު ކަމާއެކު ތެދުވެ ވަތަން ދިފާއު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް ސިފައިގެ ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ އުތުރު ތިލަފަޅު ދީފައިއޮތީ ގާނޫނުއަސާސީއާ އެއްގޮތަށޭ. ގާނޫނުއަސާސީއާ ޚިލާފަށް އެކަން ކުރި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ." ސައީދު ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރަމީޒު

    ސައީދުމެން ހަނދާން ބަލި ވީމަ ތިކަހަލަ ވާހަކަދައްކާނެ. މި ދިޔަ ވެރިކަމުގަ މީހުން ޖަލަށް ކަހާ ވައްދަމުން ދިޔައީ އެއްވެސް ބެލުމެއްނެތި. ނުވިތާކަށް އުމުރުން ދުވަސް ވެފަ ހުރި އެއްބަފާ ބޭބޭ ވެސް ރޯދަ މަހާ ދިމާކޮށް ޖަލުގަ ތެޅުވި ހަނދާން ހީނުވޭ އަދި ދިވެހި ރައްޔިތުން ހަދާންނެތޭނެ ހެނެއް. ހަނދާން
    ކޮށްލަން ކުޑަކޮށް މާޒީއަށް ފީނާލާ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ