ޕަރިނީތީ ޗޯޕްރާ--

ޕަރިނީތީ ރާއްޖޭގެ ހިތްގައިމު ދޮންވެލި ބީޗުގައި!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ހާމަކުރީ މީގެ ތިން ދުވަސްކުރިންނެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފައިވާ މި ބަތަލާ އާއި އޭނަގެ އާއިލާ މީހުން ޗުއްޓީ ހޭދަކުރަނީ އިންޓަކޮންޓެނިންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓްގަ އެވެ. އަދި ފާއިތުވި ދުވަސްތަކުގައި ޕަރިނީތީ އަންނަނީ އެ ރިސޯޓުގެ ހިތްގައިމުކަން ފޭނުންނަށް ފޮޓޯގެ ޒަރިއްޔާއިން ދައްކަމުންނެވެ.

އެގޮތުން ހުދުކުލައިގެ ހެދުމެއްގައި ދޮންވެލި ބީޗުގައާއި ރިސޯޓުގެ އެކި މަންޒިލުތަކުގައި ނަގައިފައިވާ ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ޕަރިނީތީ، އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކަޒިންއެކެވެ. އޭނާ ބޮލީވުޑަށް ނުކުތް ފުރަތަމަ ފިލްމަކީ ރަންވީރު ސިންހް އާއެކު "ލޭޑީސް ވާސަސް ރިކީ ބާލް" އިންނެވެ. ނަމަވެސް މި ފިލްމްގައި އޭނާ ފެނުނީ ސަޕޯޓިން ރޯލަކުންނެވެ.

މިއަހަރު ޕަރިނީތީގެ ދެ ފިލްމެއް ވަނީ ރިލީޒްވެފައެވެ. އެއީ ފިލްމް "ސައިނާ" އާއި ނެޓްފްލިކްސްގެ "ދ ގާލް އޮން ދި ޓްރެއިން" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ