ކަނޑުގަދެވެ، ދިޔަވުމުގެ ސަބަބުން އަޑިއަށް ދިޔަ ސަފާރީގެ ބައިތައް-- ފޮޓޯ:އެމްއެންޑީއެފް

17 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވާން ފަށައިފި

17 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ "ކޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީއެއް ކ.ތިލަފުށި ހުޅަނގު ދެކުނުން 4 ނޯޓިކަލް މެއިލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އަދި އެ ސަފާރީން ދަތުރުކުރި 17 މީހުން މާލޭ ކޯސްޓްގާޑުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުކަމަށެވެ.

ރާއްޖޭގެ މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން، މިއަދު ވަނީ މެދުރާއްޖޭގެ އަތޮޅުތަކަށް އޮރެންޖް އެލާޓްވެސް ނެރެފިއެވެ. އެލާޓް ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ.

މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އާއި މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކަނޑުމަތީގެ އެކި ހާދިސާތައް އެ އިދާރާއަށް މިއަދު ރިޕޯޓުކުރަމުން އަންނަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ