މި މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުއްލި ގޮތަކަށް ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަށިގަނޑު މިއަދު މެންދުރު މާލެ ގެންނަގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ސުލްތާންގެ ހަށިގަނޑު މިއަދު 13:00 ހާއިރު، މާލެ ގެނައުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ވެލާނާ އެއަރޕޯޓުން، ހަށިގަނޑު ގެންދެވޭނީ އާސަހަރާއަށް ކަމަށް މައުލޫމާތު ދިނެވެ.
ސުލްތާންގެ ޖަނާޒާގެ ކަންތައް ކުރިއަންގެންދަން ނިންމައިފައިވަނީ ރަސްމީ އިއްޒަތުގައެވެ.
ސިލްތާން ނިޔާވީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީނު ހަދަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ސުލްތާންގެ ހަށިގަނޑު މިއަދު މާލެ ގެންނައިރު، މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ންސް ކޯޕަރަލް މުހައްމަދު ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ މަރުވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ. ކޯހަކަށް ދިއުމުގެ ކުރީން ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓައެވެ.



