ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 177.33 މިލިއަން ރުފިޔާ!

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 177.33 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 30 ގެ ނިޔަލަށް 13,052 ފްރަންޓްލައިން މަސައްކަތްތެރިންނަށް 177.33 މިލިއަން ރުފިޔާ ވަނީ އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.

ކޮވިޑް 19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ދޭން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އަދި މި އެލެވެންސް ދެމުން އަންނަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ، އަދި ލޯ ރިސްކް ކެޓަގަރީއެވެ.

އެގޮތުން އެލެވެންސް ދެނީ، ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާއެވެ.

ހައި ރިސްކް ކެޓަގަރީގައި ހިމެނެނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، އެމީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތަކެވެ.

ދެވަނަ ގިންތި ކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ މީހުންނެވެ.

ލޯ ރިސްކު މީހުންނަކީ ހައި ރިސްކް އަދި މީޑިއަމް ރިސްކުގެ ގިންތިއަށް ނުފެނޭ އެކަމަކު ކޮވިޑް 19އާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ގޮތުގައި ދުވާލަކު ހަ ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މަރިޔަން

    ޢިތުރު ފުޅެއް ހަމަގައިމުވެސް އިސްލާމީމަރުކަޒުގަ މަސެއްކެއްކުރި އެއްވެސް ފްރަންޓްލައިން އަކަށް ނުދޭ އެލަވަންސް އެއް

  2. Ali's

    Islamic Center ga ulhunu ehvess front ލައިން މީހަކަށް މިހާ ތަނަށް ދީފައެއް ނުވޭ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ