ރާއްޖެއިން އިތުރު 105 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 105 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ހާމަކުރި އެންމެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނެގި 4026 ސާމްޕަލްގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 105 މީހުންނެވެ.

އޭގެ ތެރެއިން 80 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި 21 މީހުން ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ. މީގެ އިތުރުން 4 މީހަކު ރިސޯޓުތަކުން ޕޮޒިޓިވްވެފައެވެ.

މިއާއެކު، ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 84،971 އަށް އަރައިފައެވެ. އަދި އޭގެ ތެރެއިން 83،178 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނީ 1،549 މީހުންނެވެ. އޭގެ ތެރެއިން 18 މީހަކަށް ފަރުވާ ދެނީ ކޮވިޑް ފެސިލިޓީތަކުގައެވެ.

ރާއްޖެ އިން މި ބަލި ޖެހިގެން 231 މީހުން ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ