ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: މުޙައްމަދު އަރީޙް

ރަށުތެރެއިން ކޮވިޑް ފެނި ފޮނަދޫ، މާއެނބޫދޫ އަދި ވޭވަށް ބަންދަށް!

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ރަށުތެރެއިން ފެނިގެން، އަތޮޅުތެރޭގެ އިތުރު ތިން ރަށެއް މިއަދު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންއަށް ލައިފިއެވެ.

އެޗްޕީއޭ އިން މިއަދު ބަންދަށް ލައިފައިވަނީ ލ. ފޮނަދޫ އާއި، ދ. މާއެނބޫދޫގެ އިތުރުން މ. ވޭވަށެވެ. އެއާއެކު މިވަގުތު އެޗްޕީއޭގެ ބަންދުގައި އޮތީ ޖުމްލަ 19 ރަށެކެވެ.

އޭގެތެރޭގައި މިދިޔަ މަހު މޮނިޓަރިންއަށް ލީ ރަށްތަކުގެ ތެރެއިން 11 ރަށެއް އަދިވެސް އޮތީ މޮނިޓަރިންގައެވެ. އެއީ ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ތ. ދިޔަމިނގިލި، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި، ށ. މާއުނގޫދޫ، ފ. ނިލަންދޫ، ނ. ވެލިދޫ، އދ. މަހިބަދޫ، އަދި އދ. އޮމަދޫއެވެ.

މީގެ އިތުރުން އޮގަސްޓް މަހު މޮނިޓަރިން އަށް ލީ، ކ. ގާފަރާއި، އައްޑޫ ސިޓީގެ  ހަތަރު އަވަށްކަމުގައިވާ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އޮތީ މޮނިޓަރިންއަށް ލައިފައެވެ. މި ރަށްތަކުގެ ތެރެއިން މިވަގުތު އެންމެ ހާލަތު ގޯހީ އައްޑޫ ސިޓީގެ އަވަށްތަކުގައެވެ.

މިހާރު ރާއްޖެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިްވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވީ 105 މީހުންގެ ތެރެއިން 80 ޕޮޒިޓިވް ކޭސް ފެނިފައިވަނީ އަތޮޅުތެރެއިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ