"ކަރިޝްމާ ޕާޓީ"ގެ ނަން ބަދަލުކުރުމުން، ޕާޓީ އުފައްދަން ހުއްދަ ދީފި

"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދަން އިލެކްޝަން ކޮމިޝަނުން ހުއްދަ ނުދިނުމުން، ޕާޓީގެ ނަން ބަދަލުކޮށް، ޕާޓީ އުފެއްދުމުގެ ހުއްދަ އެ ކޮމިޝަނުން ދީފިއެވެ.

"ކަރިޝްމާ ޕާޓީ މޯލްޑިވްސް"ގެ ނަމުގައި އެ ޕާޓީ އުފައްދަން އީސީން ހުއްދަ ނުދިނީ ޕާޓީއަކީ ސިޔާސީ ޕާޓީއަކަށް އެކަށީގެންވާ ނަަމަކަށް ނުވާތީކަމަށް ބުނެއެވެ.

އެހެންކަމުން "ކަރިޝްމާ ޕާޓީ" ގެ ނަން "އިހްލާސްތެރި މޯލްޑިވްސް ޕާޓީ"ގެ ނަމަށް ބަދަލުކޮށް، އެ ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

މި ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހެޅީ މ. ކެލަމް، މުހައްމަދު އިސްމާއިލްއެވެ. އޭނާ މީގެ ދެ އަހަރު ކުރިން ވެސް ހަމަ އެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ