މާލެއިން ދިޔަ އީސީގެ އޮފިޝަލުން އެމްޑީޕީގެ ޖަގައެއްގެ ތެރޭގައި، މައްސަލަ ހޫނުވެއްޖެ

މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކަންކަން ބަލަހައްޓަން މާލެ އިން ށ.ފޯކައިދޫއަށް ދިޔަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންތަކެއް އެރަށުގައި އެމްޑީޕީގެ ޖަގައެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްގެ ތެރޭގައި އެމްޑީޕީގެ އިސް ފަރާތްތަކާ ބައްދަލުކުރަމުންދާ ކަމަށްބުނާ މައްސަލަ ހޫނުވެއްޖެއެވެ.

އެމްޑީޕީ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރާ ފޯކައިދޫ "ސަންސެޓް ގެސްޓްހައުސްއަށް" އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވަދެތިބިކަން އެނގުމުން އެރަށުގެ ޕީޕީއެމް މެންބަރުން މިހާރު ވަނީ އެޖަގަހަ ކައިރިއަށް އެއްވެފައެވެ.

އެއްވެފައިވާ މީހުން ތުހުމަތުކުރާ ގޮތުގައި އީސީގެ އޮފިޝަލުން ތިބީ ކެމްޕޭންގައި އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރާ ގެސްޓްހައުސްއެއްގައެވެ.

މިކަމާއި ގުޅިގެން ޕީއެންސީގެ ނައިބު ރަޢިސް ޗެނަލް 13 އަށް ވިދާޅުވީ، އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް މަޖިލިސް މެންބަރުން އެތަނަށް ވަދެ މާދަމާ ބޭއްވާ އިލެކްޝަނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާކަމަށެވެ. އަދި މި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

"ޕީޕީއެމް އިން ދޫ ނުދޭނެ. ސަރުކާރުން ނުފޫޒު ފޯރުވާ މި އިންތިހާބަށް. ސަރުކާރުގެ ކުންފުނިތަކުގެ ލޯންޗުގަ ސަރުކާރުގެ ވެރިން ދަތުރުކުރަނީ. މިއީ އިންތިހާބުތަކާ ބޭހޭ ގާނުނުން މަނާކޮށްފައިވާ ކަމެއް." ޝުޖާއު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މާދަމާ އޮންނައިރު، ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށް ހުރިހާ ޕާޓީތަކުންވެސް ކެމްޕެއިން ކުރިއަށް ގެންދިޔަ ތަނެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދާއި، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ޢަބްދުލް ޙައްނާން އިދުރީސްއެވެ.

މިލިޔުން ކިޔާލުމުން
14
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އަކްރަމް

    ވިސާމް ތަންކޮޅެއް ބަލާލައިގެން ހަބަރު ލިޔެބަލަ. ތިގޭ ކޮޓަރިއެއްގަ މީހަކު ހުރިއްޔާ އެ ވާނެތަ ވިސާމް އަންހެނުން ކައިރިއަށް ވަރުން ކަމަށް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ