ވޯޓުލުމަށް ކިއު ހަދާލާފައިވާ މަންޒަރު - ފޮޓޯ: މިހާރު

އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.

މި އިންތިހާބުގައި ޖުމްލަ 3934 ކެނޑިޑޭޓަކު ވާދަކުރާއިރު، މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިހިނގާ އެޕްރީލް 10 ވަނަ ދުވަހެވެ. އަދި މި އިންތިޚާބުގައި މޮނިޓަރިންގައި އޮތް ރަށްތަކަށް ވެސް ވޯޓު ލާން ދެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފްް ވިދާޅުވީީ، އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން އެއް ރަށުން އަނެއް ރަށުން ވޯޓުލުމަށް ދިިއުމުގެ ހުއްދަ ދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައިވާކަމަށާއި، އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށްވެސް ރަށު ޓާސްކް ފޯސް އާއި ގުޅިގެން ހަމައެކަނި ވޯޓު ލުމަށް ހުއްދަ ލިބޭނެކަމަށެވެ.

https://feshun.wonstasite.com/117912

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ