ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގެތަކުގެ މީހުންނަށް އުނދަގޫވާ މައްސަލައަށް ހައްުލުހޯދައިދިނުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ލަފާދީ އެކުލަވާލި ރިޕޯޓު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
މާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް، ނުވަތަ ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެން ތަނަކަށް ބަދަލުކޮށް، މާލެ އަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަަށް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު އެވެ.
މި މައްސަލަ މިޓީތަކުން ދިރާސާކޮށް ނިންމި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ އެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯ އަދި ސަރުކާރަށް ކުރުމަށް ލަފާދީފައިވާ ގިނަ ރިކޮމެންޑޭޝަން ތަކާއެކުއެވެ. އެއީ:
- ޖަނަރޭޓަރުތައް ސައުންޑްޕްރޫފްކުރުމާއި ވައިބްރޭޝަން އެނެޓުއޭޝަން އަދި ދުންހޮޅިތައް އުސްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން ނިންމަން ސްޓެލްކޯއަށް އެންގުން. އަދި މަސަައްކަތްކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނަކާއި ވަގުތީ ޝެޑިއުލްް އެއް މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވަން ސްޓެލްކޯއަށް އެންގުން
- ސްޓެލްކޯގެ އިންޖީނުގެއިން އާއްމުންނަަށް އުނދަގޫވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި އިންޖީނުގެ އެހެންތަނަކަށް ބަދަަލުކުރަން ނުވަތަ އަޕްގްރޭޑްކުރަން ސަރުކާރަށް ލަަފާދިނުން.
- އިންޖީނުގެ ހިންގަނީ އެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަން ކަށަވަރުކުރުމަށް ޓަކައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ގަވައިދުން މޮނިޓާކުރުން.
- ވައިގެ ކޮލިޓީއާއި ވައިބްރޭޝަން ގެ އަސަރު ދެނެގަންނާނެ އިކްއިޕްމެންޓާއި ތަމްރީނުވެފައިވާ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ފޯރުކޮށްދޭން ސަރުކާރަށް ލަފާދިނުން.
- ހުޅުމާލޭގެ އިންޖީނުގެއިން މާލެއަށް ކަރަންޓް ދޭ ގޮތަށް ބަދަލުކުރަން ކުރާ މަސައްކަތް އަވަސްކުރަން ސަރުކާރަށް ލަފާދިނުން.
- މުސްތަގްބަލުގައި މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުށި އަދި ހުޅުމާލެއިން ކަމަށްވާތީ އެ ޕްރޮޖެކްޓުތައް ސުންގަޑިތަކަށް ނިންމުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން، ބަދަހިކޮށް މަސައްކަތް ކުރުން.
- ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުން.
- ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުން.
- އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
މި ހައްލުތަކާއެކު މައްސަލަ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާއި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރީ ވޯޓްގައި މިއަދު ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ރިޕޯޓު ފާސްވުމާއެކު މި މައްސަލަ ހުށަހެޅި މެމްބަރު މީކާއިލް ވިދާޅުވީ، އެތައް އަހަރެއްވަންދެން މިއުނދަގުލާއި ކުރިމަތިލީ ގަލޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހ



