ކޮވިޑް ޖެހިގެން 72 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލެތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިއަދު ހެނދުނު 10:57 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ދިވެހި އަންހެނަކު ކޮވިޑް ބަލީގައި ނިޔާވެފައިވާ ކަމަށެވެ.

މިއާއެކު، މި ބަލި ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 234 އަށް އަރައިފައެވެ. އަދި މިއީ މި މަހު ރާއްޖެއިން މި ބަލީގައި ނިޔާވި ތިން ވަނަ މީހާއެވެ.

ރާއްޖެ އިން މިހާތަނަށް 85،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި 83،000 އަށް ވުރެ ގިނަ މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ