ރާއްޖެއިން އިތުރު 71 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބްތަކަށް ބަލާއިރު، މިއީ ފާއިތުވި 24 ގަޑިއިރު ތެރޭ ނެގި 3,842 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 43 މީހަކާއި މާލެއިން 22 މީހުންނެވެ. އަދި ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އެއާއެކު މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 85،464 އަށް ވަނީ އަރައިފައެވެ. އަދި އޭގެ ތެރެއިން 83،954 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،264 އެވެ. އަދި ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 233 އަށް އަރާފައެވެ. އެގޮތުން މިއަދުވެސް ވަނީ ދިވެހި އަންހެނަކު މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.



