ކޯވިޑް-19އަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ، މެޑިކަލް ފެސިލިޓީއަށް ގެނައި ބަލިމީހަކު ލިފްޓަށް އަރުވަނީ. ފޮޓޯ: އަލީ ނަސީރު / ޕީއެސްއެމްނިއުސް

އިތުރު 83 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 83 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލެތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރު ނެގި 4،147 ސާމްޕަލްގެ ތެރެއިން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 83 އެވެ.

އޭގެ 54 މީހަކު ޕޮޒިޓިވްވެފައި ވަނީ އަތޮޅު ތެރެއިންނެވެ. އަދި މާލެ ސަރަހައްދުން 23 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކުން 6 ޕޮޒިޓިވް ކޭސް ފެނިފައިވެއެވެ.

މި އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 85،548 އަށް އަރައިފައެވެ. އޭގެ ތެރެއިން 84،064 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މި ބަލި ޖެހިގެން މަރުވެފައި ވަނީ 234 މީހެކެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 13 މީހަކަށެވެ.

ރާއްޖޭގެ ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ދެތިން ދުވަހު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އަދި މާލެ އޭރިއާއަށް އަޅާކިޔާއިރު، އަދިވެސް ގިނަ ޕޮޒިޓިވް ކޭސްތައް ފެންނަމުން އަންނަނީ އަތޮޅު ތެރެއިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ