ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަތުމުން، ރައީސް ސޯލިހް މަރުޙަބާ ދަންނަވަނީ-- ފޮޓޯ: މަބްރޫކް އަޒީޒް

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރައީސް ނަޝީދަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ކާރުކޮޅުގައި ބޮމެއް ގޮއްވާލާ އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެފަހުން އެމަނިކުފާނު ދިރިއުޅުއްވަމުން އައީ އިނގިރޭސިވިލާތުގައެވެ.

ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަތުމުން، ރައީސް ސޯލިހް މަރުޙަބާ ދަންނަވަނީ-- ފޮޓޯ: މަބްރޫކް އަޒީޒް

އަދި އިނގިރޭސިވިލާތުގައި ހުންނަވާ މި މަހުގެ 6 ވަނަ  ނަޝީދު ދުބާއީއަށް ވަޑައިގެންއިރު، މިއަދު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ދުބާއީ މަގުންނެވެ.

ރައީސް ސޯލިހް، ނަޝީދަށް މަރުހަބާ ކިޔައިފައިވާއިރު، މި ދެ ރައީސް ބައްދަލުވެފައި މިވަނީ ހަތަރު މަހަށް ވުރެ ގިނަ ދުވަސްފަހުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޖުހާ

    މަހީކުރީ ރާއްޖެ ނައިސް ޖަހައްނަމައަށް ދަނީކަމަށް. އެންމެފަހުން މިތަނަށްދޯ އާދެވުނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ