ކަރަންޓް ދިއުމުގެ ސަބަބުން 4 އިމާރާތެއްގެ ލިފްޓް ހުއްޓިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިއުމުގެ ސަބަބުން ލިފްޓް ހުއްޓުމުގެ ހާދިސާ ހިނގައިފިއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ކަރަންޓު ދިޔަކަމަށާއި، މައްސަލަ ހައްލު ކުރެވި މިހާރު ދަނީ ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންކަމަށެވެ.

ކަރަންޓު ދިއުމުގެ ސަބަބުން ހަތަރު އިމާރާޓެއްގެ ލިފްޓް ވަނީ މިއަދު ހުއްޓިފައެވެ. އެމްއެންޑީއެފުން ބުނީ، ލިފްޓް ހުއްޓުނު ހުރިހާ އިމާރާތެއްގެ ލިފްޓް މިހާރު ވަނީ ހުޅުވައިދީފައިކަމަށެވެ.

މިއަދު ކަރަންޓު ދިއުމުގެ ސަބަބުން ލިފްޓް ހުއްޓުނު އިމާރާތްތަކަކީ މާލެ ގްރޭންޑް ،ކުރީގެ އާލިއާ ސްކޫލް، އަދި ވެލާނާގެ އިތުރުން މާފަންނު މަދަރުސާ ކައިރީގައި ހުންނަ މޯލްޑިވިއަން އިމާރާތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ