މާލޭގައި ފެންބޮޑުވެފައި-- ފޮޓޯ: ސަން/ ފަޔާޒު މޫސާ

ސަމާލުވޭ، ހަފްތާ ބަންދުގެ މޫސުން ގޯސް!

ހަފްތާ ބަންދުގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ހަފްތާ ބަންދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ހަފްތާ ބަންދު ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެގޮތުން ހުކުރު ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ބޮޑަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ މޫސުމަށް ބަލާއިރު، މުޅި ރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ހަފްތާ ބަންދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މޫސުމަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅިތައް ކުރިއާލާ އެޅުމަށް މެޓް އޮފީހުން ވަރަށް ބޮޑަށް އިލްތިމާސް ކުރެއެވެ.

މިއަދުވެސް މެޓް އޮފީހުން ވަނީ ދެކުނުގެ އަތޮޅުތަކަށް 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ