ދިރާގު ހެޑްއޮފީސް - ފެށުން ފޮޓޯ: ވިސާމް

ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރައިފި

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ އެންމެ ބޮޑު އޮޕަރޭޓަރު ދިރާގުގެ ބައެއް ޚިދުމަތްތަކަށް ރެ އިން ފެށިގެން ބުރޫ އަރައިފިއެވެ.

ދިރާގުގެ މޮބައިލް ނަމްބަރުތަކަށް ރޭ ފަތިހުން ފެށިގެން ގުޅުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައިވާއިރު، މޮބައިލް އިންޓަނެޓް ބޭނުންކުރުމުގައިވެސް ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މިކަމާ ގުޅިގެން ދިރާގުން ކުރި ޓުވީޓެއްގަިއ ބުނީ އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދިމާވެފައިވާ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ދިރާގުން ބުނެފައިވެއެވެ.

ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ދިރާގުން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ