ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ފަނޑިޔާރު ޑީޑީގެ ތަޙްޤީޤުގައި ރައީސް ނަޝީދު ބައިވެރިވެވަޑައި ނުގަންނަވާ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދާދި ދެންމެ ބަލަންފެށި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލައިގެ ތަޙްޤީޤުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު މުޙައްމަދު ނަޝީދު ބައިވެރިވެވަޑައި ނުގަންނަވައެވެ.

ޖޭއެސްސީން އާއްމުންނަށް ހުޅުވާލައިގެން އަދި ޓީވީތަކުން ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުންދާ ތަޙްޤީޤުގައި ޖޭއެސްސީގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު މަސްތޫރު ހުސްނީއާއި، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅުއްވާފައިވާ މެންބަރު ހިސާން ހުސައިން އާއި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތް އަދި ފަނޑިޔާރު މުޙައްމަދު އިސާފުޅުގެ އިތުރުން ޑރ.ޢަލީ ޝަމީމްއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދޫ ދީދީގެ ވަކީލުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، ޑރ.މުޙައްމަދު ޖަމީލް އަޙްމަދު، ލޯޔަރު އާދަމް އާސިފް އާއި މުޙައްމަދު ސަލީމް (ރޭނިޝް ޝަލީމް)، އަދި އާދަމް ޝަމީމްވެސް ހިމެނިވަޑައިގަންނަވައެވެ.

މިހާރު ބަލަމުންދަނީ ފަނޑިޔާރު ދީދީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭކަމަށް ފުލުހުން ޖޭއެސްސީއަށް އަންގާފައިވާތީ، އެކަމާއި ގުޅިގެން ޖޭއެސްސީގެ އަމިއްލަ އިސްނެގުމަށް ބަލަމުންދާ މައްސަލައެކެވެ.

ފުލުހުން ޑީޑީގެ މައްޗަށް ތުހުމަތު ކުރައްވަނީ އެމްއެމްޕީއާރުސީގެ ފައިސާ ނަންގަވާފައިވާ ކަމަށާއި، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނަންގަވާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާއިރު، ޓީވީތަކުން ދަނީ ތަޙްޤީޤު ލައިވްކޮށް ދައްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް